މިއަދު ހުޅުމާލެ ފޭސް 2 ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ
އެމަޖެންސީ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް މިއަދު ހުޅުމާލެ ފޭސް 2 ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ފޭސް 2ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި މިއަދު ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު…