ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން: ރައީސް
ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހާއި ގުޅިގެން ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ގައުމު ނެރެންޖެހޭކަމަށާއި ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުން ކަމަށެވެ. ނަމަވެސް ރައްޔިތުން، އެއް އަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރު ކަމަށް…









