މިއަދުވެސް 131 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިއަދުވެސް 131 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 28 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 95 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 08 މީހުންނެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ 4،018 ސާމްޕަލް އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 87،915 މީހުންނެވެ. މިހާރު ކޮވިޑަށް ރާއްޖެއިން ފަރުވާ ދެމުންދަނީ 1،836 މީހުންނެވެ. މިހާތަނަށް ރާއްޖެއިން 243 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ. މިހާތަނަށް 85،823…