އެމްއެމްޕީއާރްސީގެ މައްސަލަ ބަލާކަށް ރައީސް މުއިއްޒަކަށް ނުކެރޭނެ: ރައީސް ޔާމީން
އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ކޮރަޕްޝަން ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީގެ) ކޮރަޕްޝަން މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ ސުޕާ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެގެން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންފަދަ ބޭފުޅުންގެ ނަން އެ ލިސްޓުގައި ތިބުމުން އެ މައްސަލަ ބަލަން ފުލުހުންނަށް…