އެޗްޑީސީ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި އެވެ. އެޗްޑީސީގެ ޗެއާމަން ފިޔަވާ ބޯޑުގައި ހިމެނޭ ހުރިހާ މެންބަރުން މިމަހުގެ 19 ވަނަ ދުވަހު ސަސްޕެންޑް ކުރީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ ޖިނާއީ ތަހުގީގެއް ދައުލަތުގެ އިދާރާތަކުން ފެށުމާ ގުޅިގެންނެވެ. މިމައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް މައްސަލަ ފެންމަތިވިއިރު މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ…