ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައި މައްސަލަ ކޯޓަށް
ހިޔާނާތާއި މަނީލޯންޑަރިންގެ ދައުވާކޮށް ބައްސާމްގެ މައްސަލަ ޕީޖީން ކޯޓަށް ފޮނުވައިފިއެވެ. ޕިޖީ އޮފީހުން ކޯޓަށް ފޮނުވާފައިވަނީ 2018 ވަނަ އަހަރު، ފީފާއިން އެފްއޭއެމްއަށް ފޮނުވި 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެވެ. މި ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާ ކޮށްފައިވަނީ 26 އޮގަސްޓް 2018ގައެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އިން…