ދަތުރު ވަރަށް ކާމިޔާބު، ރައްޔިތުންނަށް ފައިދާހުރި ގުޅުމެއް ގާއިމުކުރެވޭނެ: ރައީސް
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރުމުގެ ރަަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފި އެވެ. ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށް، މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެ…









