ނަޝީދު އިސްވެ ހުންނަވައި ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލަނީ
އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ވަގުތުން މިނިވަންކުރުމަށް ގޮވައިލައި އަދި ނޫސްވެރިންނަށް ބިރުދެއްކުމާއި، ހައްޔަރުކުރަމުންދާ ދިއުމާ ދެކޮޅަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި މާލޭގެ މަގުތަކަށް ނުކުމެ އަޑުއުފުލައި އިހުތިޖާޖު ކުރަން ފަށައިފި އެވެ. މި އިހުތިޖާޖު ފަށާފައިވަނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއިންނެވެ. ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީ ހަރުގެއިން ފެށިގެން މަޖީދީމަގުން ހިނގާފައި ގޮސް އިހުތިޖާޖުގެ ބައިވެރިން މިހާރު ތިބީ އާޓިފިޝަލް ބީޗު…








