ޝުއައިބު އަވަހާރަވުމުގެ ހިތާމައިގައި ޝަރުއީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް ހަސަން ޒަކަރިއްޔާ އަވަހާރަވުމުގެ ހިތާމައިގައި ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި އެވެ. ފަނޑިޔާރު ކަމުގެ ހިދުމަތް 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި ޝުއައިބު އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ސުޕްރީމް ކޯޓުން މިރޭ ބުނި ގޮތުގައި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެންގެވުމުގެ މަތީން ކޯޓުތަކުގައި ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރާނީ މާދަމާ އިރުއޮއްސި…