ވަފާތެރިކަމާއެކު ދީނާއި ގައުމަށް ހިދުމަތްކުރުމަކީ ލިބޭ އުފަލަކަށް ހަދަންޖެހޭ: ނައިބު ރައީސް
ކޮންމެ ދިވެހި ދަރިއަކުވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ގައުމަށް ހިދުމަތް ކުރުމަކީ ލިބޭ އުފަލަކަށް ހަދަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުތާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ގައުމުގެ މަސްލަހަތު އިސްކުރުމާއި ގައުމުގެ މިނިވަންކަން…