އުމްރާއަށް ދިޔަ ދިވެއްސަކު ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެ
އަލް މަނާސިކް ގުރޫޕުން އުމްރާއަށް ދިޔަ ދިވެއްސަކު ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ. ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ މ. ސައްކެޔޮމާގެ މުޙައްމަދު އިމްތިޔާޒް (އިންތި) އެވެ. އޭނާގެ ކަށުނަމާދު މިއަދު ފަތިސް ނަމާދަށް ފަހު، ހަރަމްފުޅުގައި ވަނީ ބާއްވާފައެވެ. މި ސްކޫލު ބަންދުގައި 7726 މީހުން ރާއްޖޭން އުމްރާގެ އަޅުކަމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 1049 ޢުމްރާވެރިން…









