އަންނަ އަހަރު ކިނބިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާނެކަން ރައީސް ހާމަކުރައްވައިފި
އަންނަ އަހަރު ކިނބިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާނެކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހާމަކުރައްވައިފިއެވެ. ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިނބިދޫ ކައުންސިލާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިނބިދޫގެ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކުރައްވާފައިވާ ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް މިރަށުގައި ކުރިޔަށް ގެންދިޔުމަށް ވިސްނުންފުޅުހުރިކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު…