ބަޖެޓް ބޮޑުކޮށްދޭން އެދުނަސް އެކަން ކުރެވޭކަށް ނެތް: އަމީރު
އެއްވެސް މުއައްސަސާއަކުން 2022 ވަނަ އަހަރު އެ މުއައްސަސާއަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ބަޖެޓް ބޮޑުކޮށްދޭން އެދުނު ކަމުގައިވިއަސް އެކަން ކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ފަރާތުން މިއަދު ފިނޭންސް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާނީ އެންމެ އަންނަ އަހަރަށް ހުށަހެޅޭނެ އެންމެ ބޮޑު ބަޖެޓް ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން މިނިވަން…