ޑރ. ޚަލީލް، ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާ ބައްދަލުކުރައްވައިފި އެވެ. ޑރ. ޚަލީލް މިމަހުގެ 18 ވަނަ ދުވަހު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށެވެ. ޑރ. ޚަލީލް، ލަންކާގެ ރައީސްއާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޚަލީލް ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގާތްގުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން…