ކަނޑުމަތީ ހާދިސާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، އޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑުން ޖަހާލާފައި ވަނީ "ބަލްމާ-6" ނަމަކަށް ކިޔާ ބޯޓެކެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ ބޯޓު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާއިރު، އަނެއް ދެ މީހުން…









