ފެބުރުވަރީ 20 ގެ ކުރިން ރޯދަ އިނާޔަތް ދޭން އަންގައިފި
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ 20 ފެބުރުވަރީ 2025 ގެ ކުރިން ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އަންގައިފިއެވެ. މާލީ ވުޒާރާއިން މިއަދު ނެރުނު ސަރކިއުލަރގައި ވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ދިނުމަށް އަންގައިފައެވެ. އަދި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ…