ގަވާއިދާ ހިލާފަށް ކޯސްތައް ހިންގާ ދެ ކޮލެޖަކަށް ފިޔަވަޅު އަޅައިފި
ގަވާއިދާ ހިލާފަށް ކޯސްތައް ހިންގާތީ ކްލިކް ކޮލެޖާއި އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ފިޔަވަޅު އަޅައިފި އެވެ. މި ދެ ކޮލެޖަށް ފިޔަވަޅު އަޅާފައި މިވަނީ އެމްކިއުއޭއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ޝަކުވާތައް ބެލުމަށް ފަހު ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުންނެވެ. ކޮލެޖްތަކަށް އެޅި ފިޔަވަޅުތަކުގެ ތަފުސީލު އާދީއްތަ ދުވަހު އެވެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވެ އެވެ. އެވިޑް ކޮލެޖުން ލެކްޗަރަރ އިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް…