ތިނަދޫގައި 200 ހައުސިންގ ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި
ގދ ތިނަދޫގައި 200 ހައުސިންގ ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫއަށް ޚަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ. ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ސިއެރާ ސްޓަރ ޖޮއިންޓް ވެންޗަރ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ…