އަޅުގަނޑު ބައްޕާފުޅުގެ ޖަނާޒާ ފުރިހަމަ، ރައީސަށް ޝުކުރު ދަންނަވަން: ޝާހިދު
އޭނާގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލްގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކަމާއެކުގައި ކުރިއަށް ގެންދިއުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފިއެވެ. ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ތައުޒިޔާ މެސެޖްގައި ފާޅު ކުރައްވާފައިވާ ހިތްޕުޅު ހެޔޮ ޝުއޫރުތަކަށް އޭނާ އާއި އާއިލާގެ ފަރާތުން އިހްލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވާ ކަމަށެވެ. "އާއިލާއަށް ދިމާވި ނުހަނު…