އާ މާރުކޭޓު އެޅުމުން ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރުން އެއްކޮށް ހައްލު ވާނެ: ރައީސް
މިހާރު ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް، މިހާރު މާރުކޭޓު ހުރި ސަރަހައްދުގައި އަޅާ އާ މާރުކޭޓު އިމާރާތާއެކީ ހައްލު ލިބިގެންދާނެ ކަމަށާއި އިމާރާތް އެޅުމުން ބޭރުމީހުންވެސް މާރުކޭޓު ގޮޅިތައް ހިފައިގެން ވިޔަފާރި ކުރަމުންދާ މައްސަލައަށްވެސް ހައްލު އަންނާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު"ގައި، މާރުކޭޓު ވިޔަފާރިކުރާ މީހެއް ކަމަށްވާ އަބްދުﷲ އިބްރާހީމް މަނިކު ކުރި ސުވާލަކަށް ޖަވާބު…