ދަރިފުޅާމެދު މެދު ފަޚުރުވެރިވަން: އަބްދުއްރަހީމް
ޓޫރިޒަމް މިނިސްޓަރުކަމުން މިއަދި ވަކިކުރި އިބްރާހީމް ފައިސަލަކީ މަގާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްވި ބޭފުޅެއް ކަމަށާއި ދަރިކަލުންނާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފައިސަލް މަގާމުގައި ހުންމަވައިގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށެވެ. "ނަތީޖާ ނެރެ ދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި،މާތް الله ދަރިފުޅު ފައިޞަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރު ކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި.…