ޔުމުނުގެ އާއިލާއިން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ނުދޭ: ޕޮލިސް
އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް، އާޢިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ޔުމްނުގެ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށެވެ. ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުންވެސް ފުލުހުންނާ އެއްވެސް…








