އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދު ބަޖެޓް ފާސްކޮށްފައި މިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅުއްވި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓު ކޮމިޓީން ނިންމި ނިންމުމެކެވެ. ފިނޭންސް މިނިސްޓަރ ހުށަހެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ފާސްކުރީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް އަށް މެންބަރަކު…