15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ބިލު ތަސްދީގުކުރައްވައިފި
ކޮލެޖެއްގެ ގޮތުގައި ހިންގާތާ މެދުކެނޑުމެއް ނެތި 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ…









