ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ލިބޭނެ ކާމިޔާބެއް ނެތް
ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ގައުމަށް ލިބޭނެ ރީތި ނަމެއް އަދި ކާމިޔާބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ރާއްޖެ އިން ބައިވެރިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ މަރިޔަމް ޝައިނާ ނަސީމް ،21، އެވެ. ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް…