ރައީސްގެ މަންދޫބުންގެ ޓީމެއް އުއްޗުގެ އަރިހަށް
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލު ކުރައްވައިފި އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރުން އިސްމާއީލް އަހްމަދު އެވެ. މީގެ ކުރިން ވެސް ރައީސް ސޯލިހްގެ މަންދޫބުންގެ ތެރެއިން…