ފެނަކައާއި ހަވާލުކޮށްފައިވާ 20 މަޝްރޫއެއް ބާތިލުކޮށް އެމްޑަބްލިއުއެސްސީއާއި ހަވާލު ކޮށްފި
ކުރިން ފެނަކައާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ 20 މަޝްރޫޢުގެ އެއްބަސްވުން ބާޠިލުކޮށް، އެމަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެއް ޕެކޭޖެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މި 20 މަޝްރޫޢު 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވޭއިރު، ޖުމުލަ އަގު 1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.…