އަލީ ވަހީދު ގެނައުމަށް އިންޓަރޕޯލްގެ އެހީ ހޯދަނީ
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށް އިންޓަރޕޯލްގެ އެހީ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިމަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެހެންނަމަވެސް ހުކުމް ތަންފީޒު ކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ކަރެކްޝަންސް އިން ފުލުހުން ގާތު ވަނީ އެދިފައެވެ. މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ،…