ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކުގެ ބޭރުގައި ފުލުހުން
ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، ހިދުމަތްދޭ ގެތަކުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، ހިދުމަތްދޭ ގެތަކުގެ ބޭރުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަމުން ގެންދަން ނިންމާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ގާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަގާމުތަކަށް ގެންގޮސްދިނުން ކަމަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެކަން ވެއްޖެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. 2020 - 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމަށްޓަކައި މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނަށް ގެނެވުނު ބަދަލާއެކު އެ ބަދަލުގެ ނަތީޖާއަކަށްވީ، އެއްވެސް…
ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 227 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު 3:35 ހާއިރު ނިޔާވެފައިވަނީ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 208 ދިވެހިންނާ، 19 ބިދޭސީންނެވެ. އެންމެ ފަހުން ކޮވިޑް ޖެހިގެން ރާއްޖެއިން މީހަކު ނިޔާވީ ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެމީހާއަކީ ގދ.ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ…
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 169 މީހުން އެޗްޕީއޭއިން ބުނެފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 53 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮޒިޓިވްވީ 96 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 20 މީހުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް ބަލީގެ 2,057 މީހުން އެބަތިއްބެވެ. ޖުމުލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 81،979 މީހުންނެވެ. މިވަގުތު 23 މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑް މިޓް ކޮށްގެން ފަރުވާ ދެމުންނެވެ. 226…
ހިނގަމުންދާ މައްސަލައަކާއި ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ދައްކާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކޮށް މިފަދަ ވާހަކަތައް ދައްކަމުންދަނީ ނުވަތަ ކޯޓުތަކަށް ނުފޫޒު ފޯރުވަނީ އޭނާ ކަމަށް ތުހުމަތު ކުރަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް އަމާޒުކޮށް އެކަހަލަ ވާހަކަތައް ދައްކަން ނުކެރޭތީ ކަމަށެވެ. ރައީސް އޮފީހުގައި ތަމްސީލް ކުރަނީ އެއްވެސް ޕާޓީއެއް…
ހައެއް މޭގެ ހަމަލާއާއި ގުޅިގެން ބަޔާން ނަގަން ޔޫކޭއަށް އަންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތާރީހު ހެކިދޭ ގޮތުގައި ސަރުކާރެއް އިންތިހާބުވުމަށްފަހު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ތާއީދު އެ އޮންނަ ސަރުކާރަކަށް ކުޑަވެގެން ދެ އެވެ.
ޕްރޮޖެކްޓްތަކުގެ ނަން ބަދަލުކުރުމަކުން ވައުދެއް ނުފުދޭނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަުދ ސައީދު ވިދާޅުވެއްޖެއެވެ. މެމްބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ނަން ބަދަލުކޮށްގެން، އެއީ މިސަރުކާރުން ކުރިކަމެއްކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް އެއީ ވެފައިވާ ވައުދު ފުއްދުންކަމަށް ނުވާނެކަމަށެވެ. ސައީދު ވިދާޅުވީ، ރައްޔިތުންގެ ބޯހިޔާވަހިކަމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާތަން ނުފެންނަ ކަމަށެވެ. ސައީދު ވިދާޅުވީ ހުޅުމާލޭގައި…