ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީން އޭޖީ އުޝާމް އިސްތިއުފާ ދެއްވައިފި
ޖުޑީޝަލް ސާރވިސް ކޮމިޝަން ( ޖޭއެސްސީ ) ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީން އެޓާރނީ ޖެނެރަލް އަލްއުސަތާޛު އަހްމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވި ކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެމަނިކުފާނު ގެ އިތުރުން އެ ކޮމެޓީގައި ތިއްބެވީ ޖޭއެސްސީގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރު ޔަޒްމީދު މުހައްމަދު އާއި ވަކީލުންގެ ތެރެއިން އައްޔަންކުރައްވާފައިވާ އަލީ އަބުދުއް ލަތީފްއެވެ. އޭޖީ އުޝާމް އެ ކޮމެޓީން އިސްތިއުފާ ދެއްވާފައި މިވަނީ ސަސްޕެންޝަންގައި ހުންނެވި…