އެމްޕީ ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާ ދީ މިއަދު ޒަހަމްކޮށްލައިފި އެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޒަރީރަށް ހަމަލާ ދިނީ 'ހަބީބީ ކެފޭ އެންޑް ބިސްޓްރޯ'ގައި އިންނަވަނިކޮށް ރޭ ފަތިހު 5:08 ހާއިރު ކަމަށެވެ. ހަބީބީ ކެފޭ ތެރޭގައި ދިން އެ ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.