އަދްހަމް 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ހިމެނޭ އަހުމަދު އަދްހަމް ރަޝީދު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. އަދުހަމް ބޮން ގޮއްވާލާފައިވަނީ މެއި ހަވަނަ ދުވަހުގެރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަޝީދަށް…