ނަފުރަތުގެ ބިލަށް މިނިސްޓްރީން ހުށަހެޅި އިސްލާހު އާންމު ކުރަން އެދެފި
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ނަފުރަތު ހުއްޓުވުމުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުތައް އާންމު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.