ޝަހީބާއި އަލީ ހުސައިނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
އިންޑިއާއަށާއި މެލޭޝިއާއަށް ދެ ސަފީރުން އައްޔަންކުރައްވާ، އެބޭފުޅުނަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހ. ޖެހޭވައި، އިބްރާހީމް ޝަހީބެވެ. އަދި، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ައްޔަންކުރައްވާފައިވަނީ ހ. މާލޭތިލަ، ޢަލީ ޙުސައިންދީދީއެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖެއިން، އިންޑިއާއަށް ކަނޑައެޅުއްވި ސަފީރުކަމުގައިވާ، އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ…









