ކުޅުދުއްފުށީ އެމްޑީޕީގެ އިސް ބޭފުޅުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި
ކުޅުދުއްފުށީ ސިޓީގައި ތިއްބަވާ އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
ކުޅުދުއްފުށީ ސިޓީގައި ތިއްބަވާ އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިތުރު ދެ ބައްދަލުވުމެއް ބާއްވައިފި އެވެ.
ހުޅުމާލޭ ސާމްޕަލް ނަގާ ސެންޓަރުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލުމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ކޮވިޑް ސާމްޕަލް ނަގާ މި ސެންޓަރު ބަންދުކޮށް، އެހެން ސެންޓަރުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. ނަމަވެސް ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލި ސަބަބެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. ޝުޖާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ އެންމެ ބޮޑު އަވަށް ކަމުގައިވާ ހުޅުމާލޭގައި ކޮވިޑް…
ފުލޫ ކްލިނިކް އަދި ހުޅުމާލެ ސާމްޕަލް ނަގާ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ކޮވިޑް ސާމްޕަލް ނަގާ މި ދެ ސެންޓަރު ބަންދުކޮށް، އެހެން ސެންޓަރުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދު (މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި) ހިދުމަތް ދެމުްނ ގެންދާނީ ސެނިހިޔާ އަދި ވިލިމާލޭގައި ހުންނަ ސާމްޕަލް ނަގާ ސެންޓަރުތަކުން ކަމަށެވެ. އެގޮތުން ސެނެހިޔާ އިން…
ދިވެހިރާއްޖެ މިނިވަންވުމަށްފަހު އެންމެ މުހިންމު ހާރިޖީ ސިޔާސަތެއްގެ ގޮތުގައި ދަމަހައްޓަމުން އައިސްފައިވަނީ މިނިވަންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމްކޮށް ދެމެހެއްޓުން ކަމަށާއި މިއަދުވެސް ސަރުކާރުން ކުރަމުންދަނީ އެ މަސައްކަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އާ އިއްތިހާދަށް ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ ތާއީދު ހޯދުމުގެ މަސައްކަތް އެމްޑީޕީގެ ލީޑަޝިޕުން ފަށައިފި އެވެ.
ޕީޕީއެމުން އިސްލާމްދީން ކޮމްޕްރޮމައިސްއެއް ނުކުރާނެ ކަމަށާއި މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމްއިން ގަބޫލުނުކުރާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބު ރައީސް ގައްސާން ވިދާޅުވީ، އެޕާޓީގެ ފިކުރަކީ ރައްޔިތުން ވަރަށް ބަލައިގަންނަ ފިކުރެއް ކަމަށާއި ޕީޕީއެމް އަކީ ވަކީ އުސޫލުތަކެއްގައި ސާބިތުވެ އޮތް ޕާޓީއެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އާއި މިއަދު ވަނީ ރާއްޖެ…
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށާއި އެމްޑީޕީއަށް އައު އިއްތިހާދެއްގެ ބޭނުން ޖެހިފައިވާކަަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.