ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ގެ ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އިމާދު އިސްތިއުފާ ދެއްވާފައި މިވަނީ، ޑެޕިއުޓީ ގަވަރމަނރުގެ މަޤާމުން އޭނާ ވަކި ކުރެއްވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ. އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލަތީފު މުހައްމަދުއެވެ. އެ މައްސަލައިގައި ވަނީ އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު،…









