މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެރިކަންކުރާ ޕީއެންސީ ވެއްޖެ އެވެ. މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާގައި އެކަން އިއުލާން ކުރެއްވީ މަޖިލިސް ރައީސް މުހައްމަދު އަސްލަމެވެ. މަޖިލީސް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލުތައް އިއުލާންކުރައްވައި އަސްލަމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީކަމަށާއި ޕީއެންސީ އަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަމަށެވެ. މިހާރު މަޖިލީހުގައި މެންބަރުން އެކުލެވިގެންވާ ގޮތަށް ބަލާއިރު އެމްޑީޕީގައި 44 މެންބަރުން، ޕީއެންސީގައި 14 މެންބަރުން، ދަ ޑިމޮކްރެޓްސްގައި 13 މެންބަރުން،…