މަޖިލިސް އިންތިޚާބުގެ ވޯޓުކަރުދާސް މިމަހު 16ގައި އަތޮޅުތަކަށް ފޮނުވަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާން ބޭނުންކުރާ ކަރުދާސް މިމަހުގެ 16 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން(އީސީއިން) ބުނެފި އެވެ. އީސީއިން ބުނީ ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ. މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގުލިބިގެންވެއެވެ. މިފަހަރުގެ އިންތިޚާބުގައި އޮބްޒަރވަރުންނާއި މޮނިޓަރުންނާއި ޕާޓީތަކުގެ މަންދޫބުންގެ ގޮތުގައި 9000 ވުރެ ގިނަ…









