ޝަރަފްވެރިކަމުގެ އެވޯޑް 7 ބޭފުޅަކަށް ލިބިވަޑައިގެންފި
ޝަރަފުވެރިކަމުގެ ގައުމީ އެވޯޑް ހަތް ބޭފުޅަކަށް މިއަހަރު ލިބިވަޑައިގެންފި އެވެ. ދަރުބާރުގޭގައި މިއަދު ކުރިއަށް ގެންދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް މިއަހަރު ލިބިވަޑައިގެންނެވިއިރު މީގެތެރެއިން އެއް ބޭފުޅަކަށް މި އެވޯޑް އެރުއްވީ އެ ބޭފުޅާގެ ހަނދާނަށެވެ. އެއީ ހ. ހާޖަރާގެ،…








