ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ. މިނިސްޓަރ އޮފް ހެލްތް ހެލްތު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަދިވެސް ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތުމުން މި ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ލަފާދެއްވާފައިވާތީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ނިންމީ ކަމަށެވެ. އެހެންކަމުން ސިއްހީ ކުއްލި…









