ޕީއެންސީގެ އިންތިހާބުގެ މައްސަލަ ބޮޑުވެ ކެންޑިޑޭޓުންގެ ލިސްޓް މުރާޖައާކުރަނީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިހާބުގެ މައްސަލަ ބޮޑުވެ ކެންޑިޑޭޓުންގެ ލިސްޓް އަލުން މުރާޖާކުރަން ނިންމައިފި އެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ކެންޑިޑޭޓުންގެ ޝަރުތު ފުރިހަމަވާ ގޮތް ކަނޑައެޅިއިރު އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. ޕީއެންސީ އިން ބުނީ އެ ލިސްޓް މުރާޖައާ ކުރަމުންދާ ކަމަށާއި ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓް ކުރިއަށް…









