އދ ގެ ސެކެޓްރީ ޖެނެރަލް އާއި ރައީސް ބައްދަލުކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިހާރު އެންޓިގުއާ އެންޑް ބާބޫޑާގައި ކުރިޔަށްދާ ސިޑްސް ކޮންފަރެންސުގެ ހަވާސާގެ ތެރެއިންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިރާއްޖެއާއި އ.ދ.އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައި އެވެ. އަދި ސިޑްސް ގައުމެއްގެ ގޮތުގައި…









