ކެމްބޯޑިއާއަށް ދާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި
ކެމްބޯޑިއާއަށް ދާ ދިވެހީންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވެވުނު އެއްބަސްވުމުގެ ދަށުން ދޭން ފެށި އޮން އެރައިވަލް ވިސާ އެކެވެ. މިއީ ޓުއަރިސްޓް ވިސާއެކެވެ. އެހެން ނަމަވެސް ދިގު މުއްދަތަށާއި ވިޔަފާރިއަށް ނޫނީ ތައިލީމު ހާސިލުކުރަން އެގައުމަށް ދާ މީހުން އަދިވެސް ވިސާ ނަގަން…









