ނަޝީދު ވިދާޅުވީ ޔާމީން މިނިވަންވީ ޝަރުއީ ދާއިރާ މިނިވަންވުމުން ކަމަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވީ ޝަރުއީ ދާއިރާ މިނިވަންވުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާއްމުންގެ ފަރާތުން މީހަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމުމުން ޝަރުއީ ދާއިރާ މިނިވަން ވެފައިވާ ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، ކުރީގެ ރައީސެއްގެ މައްޗަށް އިއްވި ހުކުމެއް ސުޕްރީމް ކޯޓުން…








