މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ 12.5 ބިލިއަން ރުފިޔާއަށް
މިއަހަރުގެ މިހާތަނަށް 12.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މިއަހަރުގެ މިހާތަނަށް 12.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ޖެހޭކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައިފި އެވެ.
ޖޭއެސްސީ ބަދަލު ކުރަން އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އެމްޑީޕީން ވައުދުވި ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިއަދު ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވީ، ޖޭއެސްސީ ބަދަލު ކުރަން މާދަމާވެސް އިސްލާހެއް ލާންވީ ކަމަށެވެ. ނަމަވެސް އެ އިސްލާހުގައި…
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުރައްވައި މަގާމުގެ ރަސްމީ ހައްސިއްޔަތުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެންފި އެވެ.
އަޑު ކަނޑާލެވޭނީ މަރާލައިގެން ކަމަށާއި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގެންނަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މާފަށް އެދިއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހަގީގަތް ހާމަކުރުމުގައި ދެމި ހުންނަވާނެ ކަމަށާއި ރާއްޖޭގެ އެއްވެސް ލީޑަރަކު ވިދާޅުވެގެން ހައްގު ނޫން މައުލޫމާތެއް ދުވަހަކުވެސް އާއްމު ނުކުރާނެ…
ދައުލަތުގެ ފަރާތުން ބަލަހައްޓަމުންދާ ކުދިންގެ އިންތިޒާމުތައް ހަރުދަނާ ކުރަން ކަމާ ގުޅުން ހުރި އިދާރާތަކާއެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށްގެންދަވާފައިވެއެވެ.…
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި، ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވައިގެން ނިކުންނަވާ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ދާކަމުގެ ތުހުމަތު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މައްޗަށް ކޮށްފި އެވެ.
ފިޔަވަތީގެ މައްސަލަ ހައްލުކުރެވޭނީ ޕީޕީއެމްގެ ސަރުކާރަކަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޔަވަތީގެ މައްސަލަ ހައްލުވާނީ އެތަނުގައި ތިބި ކުދިންގެ ބޭނުންތަކާއި އިހުސާސްތަކާއި އެކުދިން މިހާލަތަށް އައި ސަބަބުތައް ދެނެގަނެވޭފަދަ އޯގާތެރި އިހުލާސްތެރި ވެރިއަކު ޖެންޑަރ މިނިސްޓްރީގައި ހުރެގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެވޭނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. ފިޔަވަތީގައި ވަނީ ހުކުރު ދުވަހުގެ ރޭ އަލިފާންވެސް ރޯކޮށްލާފައެވެ.…