ގަވާއިދާ ޚިލާފަށް ބިދޭސީއަކު ހިންގި ކެފޭއަކުން ވިސާ ނެތް 3 ބިދޭސީން ހިފަހައްޓައިފި
ގަވާއިދާ ޚިލާފަށް މާލޭގައި ބިދޭސީއަކު ހިންގަމުންދިޔަ ކެފޭއަކުން ތިން ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ރޭ ހިންގި އޮޕަރޭޝަނެއްގައި ގެންދިޔައީ ބިދޭސީ ދެ ފިރިހެނަކާއި ބިދޭސީ އަންހެނަކު ކަމަށެވެ. މާފަންނުގައި ބިދޭސިއަކު އިސްވެ ގަވައިދާ ޚިލާފަށް ހިންގަމުން ދިޔަ އެ ކެފޭއިން އެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެ ތިން ބިދޭސީން ގެންދިޔައީ އަތުގައި ސައްހަ ވިސާއެއް ނެތުމުންކަމަށް ވެސް، އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން އަންނަނީ މިފަދަ ރެއިޑް އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން…