ފަތުރުވެރިކަމަށް 3700 އަށް ވުރެ ގިނަ އެނދު އިތުރު ވެއްޖެ
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ މިހާތަނަށް ފަތުރުވެރިކަމަށް މުޅިން އަލަށް 3,789 އެނދު ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރު ފެށުނުއިރު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 63,248 އެނދެވެ. އެއީ ރިސޯޓުތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 42,547 އެނދާއި ގެސްޓް ހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 15,621 އެނދާއި ހޮޓާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2,028 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,052 އެނދެވެ. މި އަހަރުގެ ޖެނުއަރީ މަސް ފެށިއިރު…






