ހަގީގީ ލޯތްބަކީ ކުދިންނަށް ދީނާއި ދުނިޔެ ދަސްކޮށް ދިނުން: ރައީސް
ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައި ދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސް ވެސް ކުރައްވައިފަ އެވެ. ރައީއް ވިދާޅުވީ ކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާ ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށެވެ.…








