ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާއެކު މަޝްވަރާކޮށްފި
ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު އާ މިއަދު ބައްދަލުކުރައްވައިފިއެވެ. އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ސަފީރު ޢަބްދުއްރަޙީމް އާއި ތުރުކީގެ ހެލްތު މިނިސްޓަރު ޕްރޮފެސަރ މެމިޝޯލު މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު …

















