އާ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން ހުވާކުރުމުގެ އުސޫލު އެލްޖީއޭއިން އާންމުކޮށްފި
އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނެގޮތުގެ އުސޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ރަސްމިއްޔާތުތައް އިންތިޒާމުކުރަންވާނީ ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް ކަމަށް އެލްޖީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިކަން އާންމުކޮށް އިއުލާނުކުރުމަށާއި، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ރަސްމިއްޔާތުގެ…

















